ޕާކިސްތާނުން ބޭރުވާ ކޮންމެ ރެފިއުޖީއެއްގެ އަތުން 830 ޑޮލަރުގެ ފީއެއް ނެގުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ޕާކިސްތާނުން ވަނީ މިދިޔަ އޮކްޓޯބަރު މަހު އެ ގައުމުގައި ތިބި 1.7 މިލިއަން ބޭރު މީހުން އެ ގައުމުން މި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ފޭބުމަށް އަންގައިފައެވެ.
ޕާކިސްތާނުގައި ވިސާ ނެތި ދިރިއުޅޭ މީހުންގެ ތެރެއިން ގިނައީ އަފްގާނިސްތާނުގެ މީހުންނެވެ. އެ މީހުން ވަނީ ތާލިބާނުން 2021 ވަނަ އަހަރު އަފްގާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެ ގައުމު ދޫކޮށް ގޮސްފައެވެ.
ޕާކިސްތާނުން ފީއެއް ނެގުމަށް ނިންމި ނަމަވެސް އެ ފީ ނެގުމުގައި އަފްގާނިސްތާން މީހުން ނުހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.
ޕާކިސްތާންގެ އޮފިޝަލުން ވަނީ އެ ގައުމުން ބޭރުވާ މީހުންގެ ތެރެއިން ވިސާ ހަމަވެފައިވާ މީހުންގެ ތެރެއިން ވިސާ ހަމަވި ތާރީހަށް ބަލައި ޖޫރިމަނާ ކުރުމަށްވެސް ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ