ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހަމްދީ އަގީލް އައްޔަނުކުރައްވައިފިއެވެ.
ހަމްދީ އަގީލަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއިން މާސްޓާ އޮފް ކޮމާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ހިމެނެއެވެ.
ރައީސް މިއަދު ވަނީ ޕީސީބީއަށް ތިން މެންބަރުން ވެސް އައްޔަނުކުރައްވައިފައެވެ.
ޕީސީބީ ބޯޑުގައި ތިބެނީ ޖުމުލަ ހަތް މެންބަރުންނެވެ. ނަމަވެސް ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދާއި ބޯޑު މެންބަރު އަލީ ޝަފީއު އާއި ބޯޑު މެންބަރު ރުޝާހާ އަހުމަދު ވަނީ ބޯޑުން ވަކިވެފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް މިހާތަނަށް މީހުން އައްޔަނު ނުކުރެވި އޮތީ ބޯޑަށް މެންބަރުން ހަމަނުވެގެންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މަގާމަށް މީހުން އައްޔަނު ކުރެވެނީ ރައީސް ބޭނުންފުޅުވާ ނަންތައް ބޯޑަށް ފޮނުއްވައި، ބޯޑުން ހުއްދަ ލިބުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު