އިންޑިއާގެ ސްޓޭޓެއްގައި ހަލާލް ޖަހާފައި ހުންނަ ތަކެތި ވިއްކުން މަނާކޮށްފިއެވެ.
އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ވަނީ އެ ސްޓޭޓްގައި ހަލާލް ސެޓިފައިޑް މުދާ ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައެވެ.
އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން މަނާކޮށްފައިވާ ބައެއް ބާވަތްތަކުގެ ތެރޭގައި ބޭކަރީ މުދަލާއި ހަކުރާއި ބައެއް ބާވަތްތަކުގެ ތެލުގެ އިތުރުން ހަލާލް ޖަހާފައި ހުންނަ އެހެނިހެން މުދާ ހިމެނެއެވެ.
އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ވަނީ ހަލާލް ލޭބަލް ޖަހާފައި ހުރުމުން މުދަލުގެ ކޮލިޓީއާ މެދު ޝައްކު އުފެދި މައްސަލަތަކެއް ކުރިމަތިވެއެވެ.
އުއްތަރަ ޕްރަދޭޝްގެ ސަރުކާރަކީ އިންޑިއާގެ ހިންދޫންގެ މޮންކެއް ކަމަށްވާ ޔޯގީ އަދިތިޔަނަތްގެ ވެރިކަމުގެ ދަށުގައި އޮންނަ ސްޓޭޓެކެވެ. މިއީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ ކަމަށްވާ ބީޖޭޕީއަށް ނިސްބަތްވާ ސްޓޭޓެކެވެ. އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން އެ ސްޓޭޓްގައި ދިރިއުޅޭ މުސްލިމުންނާ އޮންނަ ނަފުރަތެއްގެ ސަބަބުން މުސްލިމް އާބާދީއަށް ގިނަ ދަތިތަކެއް ކުރާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ