އިންޑިއާގެ ޓަނަލުގައި ތާށިވި މީހުން ސަލާމަތް ކުރުމަށް އިތުރު ޓަނަލެއް ތޮރުފަން ފަށައިފިއެވެ.
އުތުރު އިންޑިއާގައި ހަދަމުން ދިޔަ ޓަނަލެއް ވެއްޓި އެތެރޭގައި 41 މީހުން ތާށިވެފައިވާއިރު އެމީހުން ސަލާމަތް ކުރުމަށް އެކަމުގެ ތަޖުރިބާކާރުން އެކުލެވޭ ޓީމުތަކުން އަންނަނީ އުނދަގޫ މަސައްކަތްތަކެއް ކުރަމުންނެވެ.
41 މީހުން ތާށިވިތާ 8 ދުވަސް ވެފައިވާއިރު އެމީހުން ސަލާމަތް ކުރުމަށް އެމީހުން ތާށިވެފައިވާ ޓަނަލް ތޮރުފަނިކޮށް ވަނީ ރެނދެއްގެ އަޑު އިވި މަސައްކަތް މެދުކަނޑާލާފައެވެ.
އޮފިޝަލުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އިތުރު ބަދަލު ގެނެސް ޓަނަލް ހިމެނޭ ފަރުބަދައިގެ މަތިން ތޮރުފައި އެމީހުން ތިބި ހިސާބަށް ވާސިލުވުމަށް މަސައްކަތް ފަށާފައިވާކަމަށް ހާމަކޮށްފައެވެ.
މަސައްކަތް ޕްލޭންކުރި ގޮތަށް ކުރިޔަށް ގޮސްފި ނަމަ ކުރިޔަށް އޮތް ތިން ދުވަސްތެރޭ އެމީހުން ސަލާމަތް ކުރެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ކަމާބެހޭ ފަރާތްތަކުން އަންނަނީ ތާށިވެފައި ތިބި މީހުންގެ ހާލު ގާތުން ބަލައި އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އޮކްސިޖަން ފޯރުކޮށްދެމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ބޭސް ވެސް އަންނަނީ ފޯރުކޮށްދެމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ތަކެތި ފޯރުކޮށްދެނީ ހަ އިންޗީގެ ހޮޅިއެއް އެމީހުންނާ ހަމައަށް ފޮނުވައިގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ