އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ކުރަމުން އަންނަ އިހުތިޖާޖުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެން، އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލައްވައިފި އެވެ.
މިނިސްޓަރު މޫސާ ޒަމީރު މި އިހުތިޖާޖުގައި ބައިވެރިވަޑައިގެން އެ ގޮތަށް ގޮވާލެއްވީ، އިހުތިޖާޖުގެ ބައިވެރީން ފޮރިން މިނިސްޓްރީ ހުންނަ ސަރަހައްދުގައި މިއަދު އިހުތިޖާޖު ކުރަމުން ދިޔަ ވަގުތުއެވެ.
މިނިސްޓަރުގެ ވަނީ އިހުތިޖާޖުގެ ބައިވެރީންނާ އެކު ބައިވެރިވަޑައިގެން "ސީޒް ފަޔާ ނައު" ގޮވާލައްވައި، އިހުތިޖާޖުގެ ބައިވެރީންގެ ބައެއް ސުވާލު ތަކަށް ޖަވާބު ދެއްވައި ބައިވެރީންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އެ ގޮތުން، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފޮރިން ޕޮލިސީއާ ގުޅޭ ގޮތުން ވެސް ޒަމީރު ވާހަކަދެއްކެވި އެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ކުރިޔަށްގެންދާ ގަތުލު އާންމާ ދެކޮޅަށް ރައީސް މުއިއްޒުގެ ސިޔާސަތާއި ވިސްނުންފުޅު ހުރި ގޮތް ޒަމީރު ހިއްސާ ކުރެއްވި އެވެ. ފަލަސްތީނުގައި ފުރިހަމަ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ރައިސް މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ މަގަށް ދިވެހި ސަރުކާރުން ރައީސް މުއިއްޒު އިސްވެ ހުންނަވައި ގިނަ މަސައްކަތްޕުޅުތަކެއް މިހާރުވެސް ފައްޓަވައިގެން ކުރިޔަށް ގެންދަވާ ކަން ޒަމީރު ފާހަގަ ކުރެއްވިއެވެ. އެ ކަމުގެ ބައެއް މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 13000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ހިމެނެނީ ކުޑަކުދީންނާއި އަންހެނުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރާއްޖެއަށް އިޒްރޭލު މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލާ ހަރަކާތްތަކެއް ވެސް މި ވަގުތު ކުރިޔަށް އެބަދެއެވެ. އެކަމަށް ގޮވާލައި 1000 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު