މަގުބޫލު ކާޓޫން ދަ ފްރޯޒަންގެ ތިން ވަނަ ބަޔަކާއި ހަތަރު ވަނަ ބައެއްވެސް އުފައްދާނެ ކަމަށް ބުނެފިއެވެ.
ވޯލްޓް ޑިޒްނީ ކުންފުނީގެ ސީއީއޯ ބޮބް އިގާ އެކަން އާންމުކޮށްފައި ވަނީ ހޮންގްކޮންގްގައި ހުންނަ ތީމް ޕާކުގައި 'ވޯލްޑް އޮފް ފްރޯޒަން' ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. ފްރޯޒަންގެ ތިން ވަނަ ބައިގެ މަސައްކަތް ކުރަމުން އަންނައިރު އެ ހަފުލާގައި އިގާ ބުނީ އޭގެ ހަތަރުވަނަ ބައިގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ގުޑް މޯނިން އެމެރިކާ ޝޯގައިވެސް އެ ފިލްމުތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.
"ފިލްމުތަކާ ގުޅިގެން އަހަރެންނަށް ބުނެވޭނެ މާބޮޑު އެއްޗެއް ނެތް. ފިލްމުގެ ޑިރެކްޓަރު ޖެން ލީ އާއި އޭނާގެ ޑިޒްނީ އެނިމޭޝަން ޓީމުން ގެންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. ދެ ވާހަކައެއް އެބަ އުޅޭ" ގުޑް މޯނިން އެމެރިކާ ޝޯގައި އިގާ ދެއްކި ވާހަކައިގައި ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފްރޯޒެންގެ މަގުބޫލު ލަވަތައް ލިޔެފައިވާ ލަވަލިޔުންތެރިން ކަމުގައިވާ ކްރިސްޓިން އެންޑާސެން ލޮޕޭޒް އަދި ރޮބާޓް ލޮޕޭޒް އިތުރު އާ ދެ ލަވައެއްގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ކުޑަކުދީންނަށް ހާއްސަކޮށްގެން ނެރޭ ފިލްމު ފްރޯޒަންގެ ފުރަތަމަ ބަޔާއި ދެވަނަ ބައި ވަނީ 2019 ގައި ރިލީސްކޮށްފައެވެ. އެ ފިލްމަށް ބިލިއަން ޑޮލަރުގެ ކާމިޔާބީ ވަނީ ލިބިފައެވެ. ހާއްސަކޮށް ފްރޯޒަން 2 އަކީ އެނިމޭޓަޑް ފިލްމުތަކުގެ ތެރޭގައި އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމަށް ވަނީ 1.45 ބިލިއަން ޑޮލަރު ލިބިފައެވެ. ފްރޯޒަން އެއްވަނަ ބަޔަށް ލިބިފައިވަނީ 1.33 ބިލިއަންގެ އާމްދަނީއެކެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް