ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ވަނީ ތަފާތު ގިނަ ފިލްމުތަކެއް މިފަހަކަށް އައިސް ކުޅެފައެވެ.
އޯޓީޓީ ޑެބިއު އިން ފެށިގެންގޮސް މާވެލް ސުޕާ ހީރޯ 'ބްލެކް ވިޑޯ' ގެ އޯޑިއޯވެސް އޭނާ ވަނީ ޑަބްކޮށްފައެވެ. އެންމެ ފަހުން ރިލީސްވި 'ދަ ބަކިންހަމް މާޑަރަސް' ގައިވެސް ކަރީނާގެ ތަފާތު ހުނަރުތަކެއް ވަނީ ފެނިގެންގޮސްފައެވެ. ހަންސަލް މެހެތާ ޑިރެކްޓް ކޮށްފައިވާ ޑިޓެކްޓިކް ޑްރާމާ 'ދަ ބަކިންހަމް މާޑަރަސް' ގެ 80 ޕަސެންޓް ޝޫޓްކޮށްފައި ވަނީ އިނގިރޭސިންނެވެ. އެހެންކަމުން އޭނާ ހޮލީވުޑަށް ދިޔުމުގެ ޝައުގުވެރިކަން އުފެދިފައިވާނެ ކަމަށް ބައެއް މީހުން މިހާރު ގަބޫލުކުރެއެވެ.
އެވާހަކަތަކަށް ރައްދު ދެމުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އޭނާ 'ދަ ބަކިންހަމް މާޑަރަސް' ކުޅުނީ ތަފާތު ރޯލެއްކަމުން އަޖުމަބަލައިލާހިތުން ކަމަށެވެ. އެކަމާ ގުޅިގެން ހޮލީވުޑަށް ދިޔުމުގެ ވާހަކަ ގުޅުވާން ބޭނުން ނުވާކަމަށެވެ. އެކްޓަރެއްގެ ގޮތުގައި ތަފާތު ރޯލުތައް ކުޅެ އަޖުމަ ބަލަން އަބަދުވެސް ބޭނުންވާ ކަމަށް ކަރީނާގެ އިންޓަވިއުގައި ފާހަގަކޮށްފައިވެއެވެ.
"އަހަރެންނަށް ވަރަށް ކަމުދޭ އީސްޓްޓައުން. ދެން ހަންސެލް މެހެތާ އެ ފިލްމު ހުށަހެޅުމުން އޭގަ ބައިވެރިވާން ހަމަ ބޭނުންވީ" ކަރީނާ ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި 'ދަ ބަކިންހަމް މާޑަރަސް' އަކީ ކޭޓް ވިސްންލެޓް ލީޑުންފެނިގެން ދިޔަ ސީރީޒެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ވަނީ ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލް އަދި ޖިއޯ މާމީ މުމްބައި ފިލްމު ފެސްޓިވަލުގައިވެސް ދައްކާފައެވެ.
މީގެ އިތުރުން ރޯހިތް ޝެޓީގެ ފިލްމު 'ސިންގަމް އަޖެއިން' އަދި ކުރިއަށް އޮތް ހައިސްޓް ކޮމެޑީ ފިލްމު "ދަ ކްރޫ' އިންވެސް ކަރީނާ ފެނިގެންދާނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް