އިރުމަތީ އިންޑޮނޭޝިއާގެ ޖާވާ އައިލެންޑުގައި މިނީ ބަހަކާއި ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 11 މީހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ސުރަބަޔާ އިން ޖާވާ ސިޓީއަށް ދަތުރުކުރި ރޭލު ޖެހިފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި މިނީ ބަހެއްގައެވެ. ބަހުގައި ރޭލު ޖެހުނު އިރު އެބަސް ދިޔައީ ރޭލު ދަގަނޑު މަތިން ހުރަސްކުރަމުންނެވެ. ހާދިސާ ހިނގުމާއެކު ލިބުނު އަނިޔާތަކުގައި 10 މީހަކު މަރުވެފައިވާއިރު 11 ވަނަ މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށްކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ރޭލު ޖެހުނު ބަސް ވަނީ ވަރަށް ދުރަށް ވިއްސައިގެން ގޮސްފައެވެ. ނަމަވެސް ރޭލު ދަތުރު ކުރިޔަށް ގެންދިޔަކަމަށް އޮފިޝަލު ބުނެއެވެ.
އިންޑޮނޭޝިއާގައި 2015 ވަނަ އަހަރުވެސް މިނީ ބަހަކާއި ރޭލެއް ޖެހި ހިނގި ހާދިސާއެއްގައި 16 މީހަކު މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ