ފްރެންޗައިޒް ފިލްމު ޓައިގާގައި ބަތަލާ ކެޓްރީނާ ކައިފްގެ ކެރެކްޓާ ޒޯޔާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ފިލްމުގެ ތިން ވަނަ ބައި މިހާރު ރިލީސްވެފައިވާއިރު މި ފިލްމުގައި އޭނާގެ ކިކްސް، ޕަންޗާސް، ފަޔާއާމް ސްކިލްސް އަދި ހޭންޓުހޭންޑް ކޮމްބެޓް ގެ ބައި ވަރަށް ބޮޑަށް ފެނިގެންދެއެވެ. އެންމެ ހާއްސަ ސީނަކަށް ފެނިގެންދަނީ ތުވާލީގައި ހަމާމެއްގެ ތެރޭގައި ނުބައި މީހާއާއެކު އޮތް ތަޅާލުމެވެ.

"އަހަރެންގެ އެއް ފައިޓާ ބަލިވެގެން ނާދެވުނު. އެއީ އަހަރެން ޓްރެއިން ކުރާ މީހާ. ހީވީ ލައިފްލައިން އެކީ ގެއްލުނުހެން. ދެން ނޭނގެ ހިޔާލު ލިބުނު ގޮތެއްވެސް. ޓައިގާ އަށް ގުޅީ. އަދި އަހަރެންގެ ތަޅާ ސީންތަކުގައި އެހީވާނެ މީހަކު ބޭނުން ވާހަކަ ބުނިން. އޭނާ ވަރަށް ރަނގަޅު. އޭނާގެ ޓީމުން މީހަކު ފޮނުވައިދިން. އެމީހާ އަހަރެން އަދި އެހެން ޓީމް މީހުނާ އެކީ އެކްޝަން ސީނުތަކުގައި ބައިވެރިވި" އެ ސީނާ ބެހޭގޮތުން އީޓައިމްސް އާ ވާހަކަ ދައްކަމުން ކެޓްރީނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ 12 ގަޑިއިރު އެކްޝަން ސީންތައް ކުޅެން ޖެހުނު ކަމަށާއި ހަށިގަނޑާއި މައިންޑްވެސް އެކީ ވަރުބަލިވާ ފަހަރު އަންނަ ކަމަށެވެ. ނަމަވެސް ޓައިގާ ޝްރޮފްގެ އެހީ ވަރަށް ބޮޑަށް ފާހަގަކުރާކަމަށް ބުނެފައިވެއެވެ.

ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް ލީޑުން ފެނިގެންދާ އެކްޝަން ފިލްމު ޓައިގާ 3 ގައި ނުބައި ރޯލުން ފެނިގެންދަނީ އިމްރާން ހަޝްމީ އެވެ. މި ފިލްމަށް ވަނީ 188 ކްރޯޑް ބޮލީވުޑްގެ ބޮކްސް އޮފީހުގައި ފަސް ދުވަސްތެރޭ ލިބިފައެވެ. އަދި ދުނިޔޭގެ ބޮކްސްއޮފީހުގައި 300 ކަރޯޑް ރުޕީސް އަށް ވުރެ އާމްދަނީ ވަނީ މައްޗަށް ގޮސްފައެވެ.