ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ކެބިނެޓް މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން، ބޭއްވި ރަސްމިއްޔާތެއްގައި އަބްދުއްރަހީމް، އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ. އަބްދުއްރަހީމް ވަނީ މަގާމުގެ ހުވާ ވެސް މިރޭ ކުރައްވައިފައެވެ.
އަބްދުއްރަހީމަކީ ޓްރާންސިޝަން ކޮމިޓީގެ ޗެއާގެ މަގާމުވެސް އަދާކުރެއްވި ބޭފުޅާއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން ސްޓްރެޖެޓީ ރާވާލައި، ކެމްޕޭން ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އަބްދުއްރަހީމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ މަގާމަކަށް އައްޔަން ކުރެއްވީ ވެސް އަބްދުއްރަހީމެވެ.
އަބުދުއްރަހީމްގެ އިތުރުން ރައީސް އޮފީހަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ:
- ޗީފް އޮފް ސްޓާފް: އަބުދުالله ފަޔާޒް
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް: އަލީ އާރިފް
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް: އަބުދުﷲ ނާސިރު
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް: އާދަމް ރަމީޒް
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން: އިބްރާހީމް ހަލީލް
- މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ލީގަލް އެފެއާޒް: އަހުމަދު ހިޝާމް ވަޖީހު
- ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ: އިބްރާހީމް ލަތީފް
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް: މުހައްމަދު ނަސީރު
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް: އަހުމަދު އަލީ ހަބީބް
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް: މުހައްމަދު ޝާހިދު
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސާވިސަސް: ހުސައިން އާމިރު
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް: އައްބާސް ޝަރީފް
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ: ޑރ. އާއިޝަތު އިކްރާމް
- ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް: މުހައްމަދު އަލީ ޖަނާހް
- އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް: މުހައްމަދު ހަލީލް
ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް އާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލަކީ އެއްވެސް މުސާރައެއް އަދި އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ، އަލީ ނަސީރު މުހައްމަދާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް މުހައްމަދު ޝަހުދީ ހަމަޖައްސަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު