ގައުމީ އެއާލައިން، މޯލްޑިވިއަންގެ ރީފަންޑު ޕޯޓަލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މޯލްޑިވިއަން އިން އިއްޔެ ބުނީ https://connect.maldivian.aero/ ވަންނައިރު، މޯލްޑިވިއަންއިން ގަންނަ ޓިކެޓް ރީފަންޑު އޮޕްޝަން ފެންނަން ހުންނާނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ ހޮލިޑޭއިން ގަންނަ އެހެނިހެން އެއާލައިންގެ ޓިކެޓު އަދި ޗުއްޓީ ޕެކޭޖު ރީފަންޑު އޮޕްޝަންގެ އިތުރުން އިތުރަށް ފައިސާ ދެއްކިފައިވާ ނަމަ، އެ ކަމަށް ބަދަލު ހޯދުމަށް ވެބްސައިޓުން މިހާރު ހުށަހެޅެން ހުންނާނެ ކަމަށެވެ.
ވެބްސައިޓަށް ވަދެ ބޭނުންވާ ރީފަންޑަކަށް ކްލިކް ކުރުމުން އޮންލައިންކޮށް މައުލޫމާތު ފުރެން ހުންނާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ރީފަންޑު ދޭން ޖެހޭ ފަރާތްތަކަށް 30 ދުވަހުގެ ތެރޭގައި ރީފަންޑު ދޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަން އިން ބުނީ ރީފަންޑު ދިނުމުގައި މިހާރު ވެސް އަމަލުކުރަމުން އަންނަނީ ކުރިން ވެސް އަމަލު ކުރަމުން އައި ގޮތަށް ކަމަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި