ފިނޭންސް މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާ، އެ މިނިސްޓްރީގެ ޗީފް ޕްރޮކިއުމެންޓް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އަހުމަދު މުޖުތަބާގެ ހަނދާނަށް ހާއްސަކޮށްފިއެވެ.
އުމުރުން 39 އަހަރުގައި މުޖުބަތާ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ކުއްލި ގޮތަކަށް ނިޔާވެފައެވެ. މުޖުތަބާ ވަނީ ފިނޭންސް މިނިސްޓްރީއަށް 14 އަހަރު ވަންދެން ހިދުމަތް ކުރައްވައިފިއެވެ. މުޖުތަބާ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރަން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ.
"އަޅުގަނޑުމެންގެ އެކުވެރި މުވައްޒަފު އަލްމަރުހޫމް މުޖުތަބާ މި މިނިސްޓްރީއަށް ކޮށްދެއްވި ލާމަސީލު ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާ ވަނީ އަލްމަރުހޫމް އަހުމަދު މުޖުތަބާގެ ހަނދާނުގައި ހާއްސަ ކުރެވިފައި،" ފިނޭންސުން މިއަދު ބުންޏެވެ.
އެ ފަންގިފިލާ ހުޅުއްވައިދެއްވީ މުޖުތަބާގެ ކޮއްކޮ މުރުތަޝާ މަޖުދީ ކަމަށް ފިނޭންސުން ބުންޏެވެ.
ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ކުރެއްވުމުގައި ވަރަށް އިސް ދައުރެއް މުޖުތަބާ އަދާކުރައްވާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު