އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިރޭ 8:30ގައި ސޯޝަލް ސެންޓަރުގައެވެ. އެ ބައްދަލުވުމަށް ހުރިހާ މީޑިއާއަކަށް ދައުވަތު ދީފައިވާ އިރު، އެއްވެސް މީޑިއާއަކަށް ވަކި އަދަދެއް ކަނޑައަޅުވާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިންތިހާބީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ އިރު، އަންނަ ހުކުރު ދުވަހު އެ މަނިކުފާނު ހުވާކުރައްވާނެއެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3500 އަށްވުރެ ގިނަ މީހުންނަށް ދައުވަތު ދީފައިވާއިރު، އިތުރު 1000 ޖާގަ އާންމުންނަށް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރަސްމިއްޔާތަށް ރާއްޖޭން ބޭރުން ވަޑައިގަންނަވާ ވަފުދުގެ ލިސްޓު މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު