އިންޑިއާގައި ހަދަމުންދިޔަ ޓަނަލެއް ވެއްޓި 40 މީހުން ތާށިވެއްޖެއެވެ.

އުތުރު އިންޑިއާގެ ހިމާލިއަން ސްޓޭޓް ގައި ހަދަމުން ދިޔަ ޓަނަލްއެއް ވެއްޓިފައި ވަނީ މަސައްކަތް ކުރަމުން ދިޔަ މީހުންގެ ޑީއުޓީ ބަދަލު ވި ވަގުތު ކަމަށް އޮފިޝަލުން ބުނެއެވެ.

ޓަނަލް ވެއްޓުނު ވަގުތު އޭގެ ތެރޭގައި ތިބި 40 މީހުން ތާށިވި ކަމަށް އޮފިޝަލުން ބުނެއެވެ.

4.5 ކިލޯ މީޓަރުގެ ޓަނަލުން 200 މީޓަރު ވެއްޓިފައިވާ އިރު ތާށިވީ މީހުން އަދިވެސް ތިބީ އެތެރޭގައި ކަމަށް އެ ސްޓޭޓް ގެ ޑިޒާސްޓަ ރެސްޕޮންސް އޮފިޝަލުން ބުނެއެވެ.

ވެއްޓިފައިވާ ޓަނަލްގެ ބައިތަކުގެ ތެރެއިން ވަކިން ހޮޅި އަޅައި އެތެރެއަށް އޮކްސިޖަން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ތާށިވީ މީހުންގެ އެއްވެސް ހަބަރެއް އަދި ނުވާ ކަމަށް އޮފިޝަލުން ބުނާއިރު ރެސްކިއު ޓީމުތަކުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައެވެ.