ސައުދީ ޕްރޯ ލީގުގެ މުއްސަނދި ކްލަބު އަލް-އިއްތިހާދުން އެ ޓީމުގެ ކޯޗުކަން ހުލެން ލޮޕެޓެގީއާ ހަވާލުކުރަން ތައްޔާރުވެއްޖެއެވެ.
އިއްތިހާދުގެ ކޯޗުކަމުގެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ އެ މަގާމުން ވަކިކުރީ މިދިޔަ ހަފުތާ ތެރޭގައެވެ. ކުރިން ޓޮޓެންހަމްއާއި ވުލްވްސްގެ ކޯޗުކަމުގައިވެސް ފާހަގަކޮށްލެވުނު ނޫނޯ މަގާމުން ވަކިކޮށްފައި ވަނީ 16 މަސް ދުވަސް ފަހުންނެވެ. އޭނާ ސައުދީގެ އެންމެ ކާމިޔާބު އެއް ކްލަބުގެ ކޯޗުކަމުން ވަކިކުރީ ނަތީޖާތައް ދައްވުމުންނެވެ. ހާއްސަކޮށް އޭޝިއަން ޗެމްޕިއަންސް ލީގުގައި އެ ކްލަބުގެ ކުޅުން ދަށްވުމުންނެވެ.
އޭގެ އިތުރުން ނޫނޯއާއި ކެޕްޓަން ކަރިމް ބެންޒެމާއާ ދޭތެރޭ މައްސަލަތަކެއް އުޅުނު ކަމަށްވެސް ނޫސްތައް ބުނެއެވެ.
އިއްތިހާދުން ކޯޗަކު ހޯދަން މަސައްކަތް ކުރަމުންދާއިރު، އެ ކްލަބާ ހަވާލުވުން އެންމެ ގާތީ ކުރިން ރެއާލް މެޑްރިޑާއި ސްޕެއިން ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން ލޮޕެޓެގީއެވެ. ލޮޕެޓެގީ މި ވަގުތު ހުރީ ޓީމެއްގެ ކޯޗުކަމެއްގައެއް ނޫނެވެ. އޭނާ އެންމެފަހުން ކޯޗުކަން ކޮށްދިނީ ޕްރިމިއާ ލީގުގެ ވުލްވްސްއަށެވެ. އެ ކްލަބާއެކު މިދިޔަ ސީޒަން ހޭދަކުރި ލޮޕެޓެގީ ވަނީ ރެލިގޭޝަނުން ޓީމު ސަލާމަތް ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.
ލޮޕެޓެގީއަކީ އޭގެ ކުރިން ސެވިއްޔާއަށްވެސް ކޯޗުކަން ކޮށްދިން މޮޅު ކޯޗެވެ. އޭނާ ވަނީ އެ ކްލަބާއެކު ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު