އަލިފާން ފަރުބަދައެއް ގޮވައި ޖަޕާނުގައި އާ ރަށެއް އުފެދިއްޖެއެވެ.
ޕެސިފިކް ކަނޑުގައި އޮންނަ ޖަޕާނުގެ ރަށްތަކުގެ ތެރެއިން އިވޯ ޖީމާ ކިޔާ ރަށް ކައިރިން އުފެދުނު އާ ރަށް އުފެދިފައިވަނީ ކަނޑު އަޑީގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ކަމަށް ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެއެވެ.
ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސު ފޯސް އިން ވަނީ މިމަހުގެ އެއްވަދަ ދުވަހު އާ ރަށް އުފެދުނު މަންޒަރު ފޮޓޯ ނަގާފައެވެ. ފޮޓޯތަކުން ވަނީ ކަނޑުގެ ތެރެއިން ބޮޑު ކަޅު ދުންގަނޑެއް އަރައިގެން ދާ މަންޒަރު ފެނިފައެވެ.
ޖަޕާނުގެ ކަމާބެހޭ އިދާރާއިން ވަނީ އެރަށަކީ އެ ގައުމުގެ އޮގަސާވަރާ އައިލެންޑް ޗެއިން އަށް އިތުރުވި ރަށެއް ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އަދި އެރަށަށް ނަމެއް ދީފައެއް ނުވެއެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާއި 1،200 ކިލޯމީޓަރުގެ ދުރުން އޮންނަ އިވޯ ޖިމާ އައިލެންޑަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ހަމަލާ ދިނުމަށް ބޭނުންކުރި ރަށެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ