ދެކުނު ކޮރެއާގައި ރޮބޮޓެއްގެ އަތްދަށުވެ މީހަކު މަރުވެއްޖެއެވެ.

ދެކުނު ކޮރެއާގައި ކާބޯތަކެތި ބަންދުކުރާ ފެކްޓްރީއެއްގައި ބޭނުންކުރާ ރޮބޮޓަކު ބޭނުންކުރި ފޮށިގަނޑުގެ ބަދަލުގައި އެ ވަގުތު ހިފުނީ އެތަނުގައި އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސުޕަވައިޒަރުގެ ގައިގައެވެ.

އުމުރުން 40 އަހަރުގެ އެ މީހާގެ ހަށިގަނޑުގައި ރޮބޮޓް ހިފުމާއެކު އަވަސް ހަރަކާތެއްގައި ރޮބޮޓު ވަނީ އެމީހާ އެތަނުގައި ބޭނުންކުރާ ދުވާ ބެލްޓެއްގެ މައްޗަށް އަރުވާފައި ކަމަށް އެފެކްޓްރީގެ އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގުމާއެކު އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރު އޭނާ މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮރެއާގެ ނޫސްތަކުން ވަނީ އެމީހާ އުޅުނު ސަރަހައްދުގައި ބޭނުންކުރާ ރޮބޮޓް ތަކުގައި ހުންނަ ސެންސަރު މަސައްކަތް ނުކުރާ ކަމަށް ރިޕޯޓު ކޮށްފައެވެ.

ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެމައްސަލަ ތަހުގީގު ކުރަން ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.