ގާޒާ މަތިން ސަވައިލެންސް ޑްރޯން ދުއްވާ ކަމަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ބްރިގް ޖެން ޕެޓް ރައިޑާ ވަނީ ހަމާސް އިން ރަހީނު ކޮށްފައިވާ ފަރާތްތައް ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގައި އެހީވުމަށް އެމެރިކާގެ ޑްރޯންތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ބުނެފައެވެ.

އެމެރިކާއިން ޑްރޯން ބޭނުން ކޮށްގެން ގާޒާ ހިމެނޭ ސަރަހައްދު ބަލާކަން ހާމަވެފައިވަނީ ފްލައިޓް ރާޑާ ވެބްސައިޓުން އަންމޭންޑް އޭރިއަލް ވެހިކަލް "ޔޫއޭވީ" ތަކެއް ފާހަގަވެ ގިނަ ބަޔަކު އެކަމާ ވާހަކަ ދައްކަށް ފެށުމުންނެވެ.

މިބާވަތުވެ ޑްރޯން އެމެރިކާއިން ވަނީ އަފްގާނިސްތާނުގައި ހަނގުރާމަ ކުރިދުވަސްވަރު ބޭނުންކޮށްފައެވެ. މިޑްރޯން އަކީ މަތީގައި 20 ގަޑިއިރު ހޭދަކުރުމުގެ ގާބިލްކަން ލިބިގެންވާ ބާދުގަދަ ޑްރޯންތަކެކެވެ.

އެމެރިކާގެ މިލިޓަރީ އޮފިޝަލަކާ ހަވާލާދީ ބީބީސީއިން ވަނީ އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން އިޒްރޭލަށް އެއްވެސް އެހީތެރިކަމެއް ނުދޭ ކަމަށް ބުނެފައެވެ. ހަމައެކަނި އެމީހުންގެ ބޭނުކަމީ ރަހީނުން ތިބި ސަރަހައްދުތައް ހޯދުން ކަމަށް އޮފިޝަލް ބުނެއެވެ.