މި މަހު 17 ވަނަ ދުވަހު ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަން ބައިބައިވުމަށް ފުރުސަތު ނުދިނުމަށް ޕީއެންސީގެ ޗެެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.
އަދުރޭ އެކަމަށް ގޮވައިލެއްވީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުންނާއެކު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދާ ދަތުރުގައި މިއަދު އައްޑޫގައި ތިބި ސަޕޯޓަރުންނާ ވާހަކަދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އާދެމެދު މައްސަލަ ޖެހިގެން އުޅޭ ކަމަށް ދައްކާވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެ ދެ ޕާޓީގެ މެންބަރުން ތިބީ އެއްބައެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ސާބިތުކަަމާއެކު ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފަސް އަހަރު ކަންކަން ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޕްރައިމަރީ ކާމިޔާބު ކޮށްގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ އެ ކޯލިޝަންގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެންމެން މަސައްކަތް ކުރުމަށް އަދުރޭ އެދިވަޑައިގެންނެވިއެވެ. ހާއްސަކޮށް އައްޑޫ ސިޓީގައި ހިމެނޭ މަޖިލީހުގެ އަށް ގޮނޑި އެއްކޮށް ސަރުކާރު ކޯލިޝަނަށް ހޯދައި ދިނުމަށްވެސް އަދުރޭ އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު