އާ ސަރުކާރު ހިންގާނެ މައި ޕާޓީ، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
އެކަން އިއުލާން ކުރައްވައި ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ އެ މަސައްކަތަށް ބާރަށު ދާއިރާގެ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޓިކެޓުގައި ބާރަށު ދާއިރާގެ މެމްބަރުކަން ކުރެއްވި ޝުޖާއުއަކީ މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރެވެ. އޭނާ ވަނީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު ކަމަށްވެސް ވާދަކުރައްވައިފައެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުﷲ އެވެ.
ޝުޖާއުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އެހެން ގިނަ މެންބަރުންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ކެމްޕޭން ފައްޓަވައިފައެވެ. އޭގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން އާއި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދާއި ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ ހިމެނިވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު