ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލި އެމަޖެންސީ ފަންޑަށް 28 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ފަންޑަށް މިހާތަނަށް ލިބުނު ފައިސާގެ ތަފުސީލު އާންމުކުރުމަށް އައިއޭސީން ރޭ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ ފަންޑަށް 28،027،420.14 ދިވެހި ރުފިޔާއާއި 17،300.50 އެމެރިކާ ޑޮލަރު (266،773.71 ރުފިޔާ) ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު އެ ފަންޑަށް ލިބުނު ޖުމުލަ ފައިސާގެ އަދަދު 28،294،193.85 ރުފިޔާއަށް އަރައެވެ.
އައިއޭސީން ގާޒާއަށް އެހީވާން އެމަޖެންސީ ފަންޑެއް ހުޅުވީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ގާޒާއަށް ގިނަ ހަމަލާތަކެއް ދިނުމުންނެވެ.
އިޒްރޭލުން މިހާތަނަށް ފަލަސްތީންގެ 9،200 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު، 23،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަަދި ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ސުންނާފަތިވެ މަގުމަތިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު