ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ގާޒާ ފަންޑަށް 13 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.
ސައުދީ ރަސްގެފާނުގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް ރިލީފް ސެންޓަރުން ހުޅުވާލައިފައިވާ ފަންޑަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ އަށް މިލިއަން ޑޮލަރު ހަދިޔާ ކުރައްވައިފައެވެ. އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ފަސް މިލިއަން ޑޮލަރު ހަދިޔާ ކުރައްވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފައްޓާފައިވާ އެ ފަންޑް ރައިޒިން ހަރަކާތަކީ ޒަމާނުއްސުރެ ސައުދީ ޝާހީ އާއިލާ އިން ފަލަސްތީނުގެ އަހުލުވެރިންނަށް އެކި ހާލަތްތަކުގައި އެހީވުމަށް ހިންގާ ހަރަކާތްތަކަށް އިތުރުވި ބޮޅެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ޝާހީ އާއިލާގެ އޮފިޝަލަކު ވަނީ އަބަދުވެސް ސައުދީގެ އެހީ ފަލަސްތީނަށް ލިބެމުން ދާނެ ކަމަށް ބުނެފައެވެ.
ގާޒާ އަށް އެހީވުމަށް ހުޅުވާލި ފަންޑަށް ޑޮނޭޓް ކުރުމަށް އޮންލައިން ޕްލެޓްފޯމަކާއި މޯބައިލް އެޕެއް ތާރަފްކޮށްފައިވާ އިރު، އެ ކެމްޕެއިންގެ އެކައުންޓަށްވެސް އެހީ ފޮނުވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ