މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕަކީ އެމްއޭސީއެލް އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
އެމްއޭސީއެލުން ބުނީ މި ކޭމްޕްގެ މަގުސަދަކީ ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމާއި ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން މުވައްޒަފުންނަށް އަންގައިދީ ހޭލުންތެރި ކުރުވުން ކަމަށެވެ.
މި ކޭމްޕް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. އެ ރަސްމިއްޔާތުގައި ތޯހާ ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި ލޭ ހަދިޔާ ކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ. އަދި ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ އަގުހުރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކޭމްޕަކީ އެމްއޭސީއެލްގެ ވެލްފެއާގެ ދަށުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު