ހިޔާ ފުލެޓުގެ ކުލި ގަވައިދުން ދައްކައިގެން އުމްރާ ދަތުރު ލިބޭ ފަރާތްތައް ހޮވައިފިއެވެ.
އާބަންކޯއިން މި ޕްރޮމޯޝަން ފެށީ މިއަހަރުގެ ޖޫން ފަސްވަނަ ދުވަހުގައެވެ. އެ ކުންފުނިން މިއަދު ވަނީ އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވައިފައެވެ. އެގޮތުން އާބަންކޯއިން ވަނީ ހަތަރު ފަރާތަކަށް އުމްރާ ދަތުރެއް ދީފައެވެ.
އާބަންކޯއިން ބުނީ އެ ފަރާތްތަކަކީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެފަރާތަކާއި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތް ކަމަށެވެ.
މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އަންނަ އަހަރުގެ ޖެނުއަރީގައި ކުރިއަށްގެންދާނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.
ޖެހިޖެހިގެން ހަ މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ، މި ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އާބަންކޯގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމުގައި އެ ކޯޕްރޭޝަނުން ބުނެއެވެ.
"ޕޭ އެންޑް ވިން" އަކީ އާބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ.
ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވީ ނަމަވެސް، ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް މިހާރު ހުޅުވާލާފައިވާ ކަމަށްވެސް އާބަންކޯއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު