ވ. އަތޮޅުގެ ހުރަޅުކަނޑު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ "ގުދުރަތީ ނުވަތަ ތަބިއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު" ގެ ދަށުން މިއަދުން ފެށިގެން ހުރަޅުކަނޑުގެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

ހުރަޅުކަނޑު ސަރަހައްދަކީ ގިނަ އަދަދަކަށް ފަރުގެ ދިރުންތައް ފެންނަ ސަރަހެއްދެއް ކަމަށާއި އެގޮތުން މިޔަރުގެ ބާވަތްތަކާއި ފަރުގައި ދިރިއުޅޭ ބާވަތްތަކާއި މާކަނޑުގައި ދިރިއުޅޭ ބާވަތްތައް އެ ކަނޑުން ފެންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެއީ ލަނޑައާއި ފާނައިގެ ބާވަތްތައް ގިނަ އަދަދަކަށް ފެންނަ ސަރަހައްދެއް ކަމަށްވެސް ބުންޏެވެ.

އެހެންކަމުން އެ މާހައުލަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އަދި ދުނިޔޭން ނެތިދިއުމުގެ ބިރުހީވެފައިވާ މަސްމަހާއި ވެލާކަހަނބު، މުރަކަ އަދި ކަނޑުމަތީގެ ދޫންޏާއި ހިޖުރަކުރާ ދޫނީގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު މާހައުލެއް ކަމަށްވެސް ބުންޏެވެ.

  • - ތެޔޮ ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާ ކުރުމާއި މައިން ކުރުން
  • - އެއްވެސް ބާވަތެއްގެ ކުނި އެޅުން
  • - ބިން ހިއްކުމާއި ފަޅު ފުންކުރުން
  • - ގައު، ވެލި، މުރަކަ، އަކިރި ނެގުން
  • - ނަގިލިލުން
  • - އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމުކުރުން
  • - އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ/ ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން
  • - އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުން
  • - ދެމެހެއްޓެނެވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް/ ދިރުމެއް ނެގުން، މެރުން، ގޯނާކުރުން ނުވަތަ ހިފުން
  • - އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ/ ހާއްޔަށް ގެއްލުން ދިނުން
  • - އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން
  • - މަސްމަހާމެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
  • - އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
  • - މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން
  • - މި ސަރަހައްދުގައިވާ ފިނޮޅުގައި އަލިފާން ރޯކުރުން
  • - ހަވީރު 5.30 އާއި ހެނދުނު 6:30 އާ ދެމެދު ފިނޮޅަށް އެރުން
  • - ދޫނި ބިސްއަޅާ މޫސުމުގައި މި ސަރަހައްދުގައިވާ ފިނޮޅަށް ޒިޔާރަތްކުރުން
  • - ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރުން މަނާކޮށްފައިވާ ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުން
  • - ތިމާވެއްޓާ ރައްޓެހި ޓޫރިޒަމްގެ މަސައްކަތެއް ކުރުން
  • - ދިރާސާކުރުން
  • - ރެސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް އެއްވެސް ކަމެއް ކުރުން