ގާޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ދިން އެ ހަމަލާގައި މިހާތަނަށް 50 މީހުން ވަނީ މަރުވެފައެވެ. އަދި 150 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މަރުގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ހޮސްޕިޓަލްތަކާ ހަވާާދީ ރިޕޯޓުކޮށްފައިވެއެވެ.
އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކަކީ އިންސާނީ ހައްގުތަކުގެ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ.
އެހެންވެ ރާއްޖޭން ވަނީ އެ ހަމަލާތައް ހުއްޓުވުމަށް އދ. ގެ އާންމު މަޖިލީހުން މިދިޔަ ހުކުރު ދުވަހު ފާސްކުރި ގަރާރާ އެއްގޮތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ. އަދި ގާޒާގެ ރައްޔިތުންނަށް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް ގޮވާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު