އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް 1000 މީހުންނަށް އާންމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރައްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން ވަމުން އަންނައިރު، ޑައިރެކްޓަރު އޮފް މީޑިއާ ހަސަން ޒިޔާއު މީގެ ކުރީން "ވަން" އަށް ވިދާޅުވީ އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު 3،500 ވަރަކަށް މީހުންނަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިތުރު 1000 އާންމުންނަށް، އާންމުކޮށް ހުޅުވާލައިގެން ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް،" ފިރުޒުލް ވިދާޅުވިއެވެ.
އެ ފުރުސަތު ހުޅުވާލާނީ ކޮންއިރަކު ކަމެއް، އަދި އެ ފުރުސަތަށް އެދެވޭނެ ގޮތެއް ފިރުޒުލް ވިދާޅެއް ނުވެއެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރު ކުރަން ހަވާލުކޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު