ސިންގަޕޫރުން ކޮވިޑް ވެކްސިންގެ އާ ޑޯޒެއް ދޭން ފަށަން ނިންމައިފިއެވެ.

ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ގައުމުގެ އުމުރުން ހަމަހުން މަތީ ހުރިހާ ފަރާތްތަކުން ކޮވިޑް ވެކްސިންގެ ޑޯޒެއް ޖެހުމަށް އެދޭ ކަމަށް ބުނެފައެވެ.

ސިންގަޕޫރުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކޮވިޑް ފެތުރެން ފަށައި ގިނަ ބަޔަކަށް އެޑްމިޓުކޮށްގެން ފަރުވާ ދޭން ޖެހުމާއެކު މީގެ ކުރިން ވަނީ އެގައުމުގެ އުމުރުން 60 އަހަރުން މަތީ މީހުން ކޮވިޑް ވެކްސިންގެ އާ ޑޯޒެއް ޖެހުމަށް އަންގާފައެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ފަހުން ވެކްސިން ޖެހިތާ އެއް އަހަރު ވެފައިވާ މީހުންނަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ސިންގަޕޫރުން ވަނީ އެ ގައުމުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ރައްޔިތުން އެކަމުގައި ސަމާލު ވުމަށް ގޮވާލާފައެވެ. ނަމަވެސް މިފަހަރު ކޮވިޑް ހިމެނޭނީ އާންމު ރޯގާއެއްގެ ގޮތުގައި ކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ކުރިން އިއުލާން ކޮށްފައެވެ.