މިއަހަރު ނުކުންނަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ އެކްޝަން ސްޕައި ތުރިލާ ފިލްމު ޓައިގާ 3 އަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ.
މި ފިލްމު ވެގެންދާނީ ޓައިގާގެ ކުރީގެ ދެ ބަޔާއި ފިލްމު "ވޯ" އަދި "ޕަތާން" އާވެސް ގުޅޭ ފިލްމަކަށެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު އެއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.
މި ފިލްމަށް މިހާރު ވަނީ ސެންސަރު ބޯޑުން ޔޫއޭ ސެޓްފިކެޓްވެސް ލިބިފައެވެ. މިއީ ދެގަޑިއިރާ 30 މިނިޓުގެ ފިލްމަކަށެވެ. އިންޑިއާގެ ދިވާލީގައި (ނޮވެމްބަރު 12) ރިލީސްކުރަން ހަމަޖައްސާފައިވާ މި ފިލްމުގެ ޕްރީ ބުކިންއަށް އަންނަ މަހު ފަހެއްގައި ހުޅުވާލާނެއެވެ.
ފިލްމުގެ ވިލަންގެ ބައިން ފެނިގެންދާނީ އިމްރާން ހަޝްމީ އެވެ. ޓްރެއިލާއިން ފެނިގެންދާ ގޮތުގައި މިފަހަރު ޓައިގާ ސަލާމަތް ކުރަން ޖެހެނީ އޭނާގެ އާއިލާ ނުވަތަ ގައުމެވެ. އާއިލާ ސަލާމަތްކޮށް ގައުމަށް ގައްދާރުވުން ނުވަތަ އާއިލާ މަރުވާން ދޫކޮށްލައި ގައުމު ސަލާމަތް ކުރުން، މި ދެކަމުން ޓައިގާ އިހުތިޔާރު ކުރާނީ ކޮން ކަމެއްކަން ފިލްމު ބެލުމުން ނޫނީ ނޭނގޭނެއެވެ.
މި ފިލްމާއެކު ޝާހުރުކް ޚާންގެ ފިލްމު "ދުންކީ" ގެ ޓީޒާވެސް ސްކްރީން ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް