ނިއުކްލިއާ ހަމަލާއެއް ދިނުމަށް ރަޝިޔާ އިން ރިހާސަލް އެއް ބާއްވައިފިއެވެ.

ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމަ ދިގުދެމިގެން ގޮސް ދެގައުމުން ވެސް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި ރަޝިޔާއިން ވަނީ އެގައުމުގެ ނިއުކްލިއާ ގާބިލްކަން ހުރި މިންވަރު ޔަގީންކުރުމަށް އެފަދަ ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ތައްޔާރުވެފައި ކަމަށް ބުނެފައެވެ.

ރަޝިޔާއިން ބޭއްވި ރިހާސަލް ބެއްލެވުމަށް އެގައުމުގެ ރައީސް ވަލްޑިމިއަ ޕޫޓިން ވަނީ ސައިޓަށް ވަޑައިގެންފައެވެ.

ނިއުކްލިއާ ޓެސްޓުގެ ކުރިން ރަޝިޔާގެ ގާނޫންހަދާ މަޖިލީހުން ވަނީ އެގައުމުން އެއްބަސްވެފައިވާ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރުން މަނާކުރާ ގަރާރުން އެގައުމު ވަކިވުމަށް ނިންމައިފައެވެ.

ރަޝިޔާ ސަރުކާރުގެ އޮފިޝަލުން ވަނީ އެގައުމުން ކުރިޔަށްގެންދިޔަ ނިއުކްލިއާ ޓެސްޓުތައް ވަރަށް ކާމިޔާބު ކަމަށް ބުނެފައެވެ. އަދި އެ ޓެސްޓުތަކުގެ ސަބަބުން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.