ޝަރުތުތަކަކާ އެކު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު އަޝްރަފް (ޝުމްބާ) ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޝުމްބާ ހައްޔަރުކޮށްފައި ވަނީ ރޭ ކެނެރީ މަގުގައި ހިނގި މަރާމާރީއެއްގެ މަސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މާރާމާރީ ހިންގަން ހިތްވަރު ދިންކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޝުމްބާއަކީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓް (އެމްޓީޑީ)ގެ ކައުންސިލު މެންބަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު