ބަންގްލަދޭޝްގައި ދެ ރޭލެއް މުޑި އަރައި 15 މީހަކު މަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މި ހާދިސާ ހިނގަން މެދުވެރިވީ ފަސިންޖަރުން އުފުލާ ރޭލަކާއި ކާގޯ ރޭލެއް ޖެހި މުޑިއަރައިގެން ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.
މި ހާދިސާގައި 15 މީހުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަމަށް ރެސްކިއުޓީމުތަކާ ހަވާލާދީ ބަންގްލަދޭޝްގެ ނޫސްތަކުން ބުނެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާއިރު ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ރޭލުގައި ދަތުރުކުރީ ކިތައް މީހުންކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ