ރައްޔިތުން މަޖިލީހުގެ ހުރިހާ ގޮޑިއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.
ޑިމޮކްރެޓްސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ހުރިހާ ގޮޑިއަކަށް ޑިމޮކްރެޓުން ވާދަކުރަން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ވަގުތީ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
އެ ގަރާރު ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލްގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.
ކައުންސިލުގެ އިއްތިފާގުން ފާސްކުރި އެ ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު 76 އަށް މަދުކޮށް، އެ ވަރުގައި ހިފަހައްޓަން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ވަކާލާތުކޮށް، އެކަން ހާސިލުކުރުމަށް ޕާޓީން އެންމެހާ މަސައްކަތް ކުރުމަށާއި އެ އިސްލާހު ފާސްނުވެއްޖެ ނަމަ، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވާފައިވާ 93 ގޮނޑިއަށް ވާދަކުރުމަށް އިގުރާރުވުމެވެ.
ހަސަން ވިދާޅުވީ، މަޖިލިސް އިންތިހާބު ކުރިއަށް އޮތް މި ވަގުތަކީ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމުގެ ބަހުސެއްކޮށް، ގޮތެއް ނިންމުމަށް އެންމެ ރަނގަޅު ވަގުތު ކަމަށާއި ނަމަވެސް އެކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ތާއީދު ނުކުރައްވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް އެއީ، ބައެއް އެހެން ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނުން އެ ވިދާޅުވާ ގޮތަށް، އެއީ މިވަގުތު ގާނޫނުއަސާސީގައިވެސް އޮތް ގޮތް ވެސްމެ، އާބާދީގެ ކޮންމެ 5،000 މީހެއްގެ ނިސްބަތުން މަޖިލިސް ބޮޑުވަމުންދާ އުސޫލުން ގެންދިއުމަށް ވަކާލާތު ކުރުމުން ގެންދާކަން އެއީ ޑިމޮކްރެޓުން ކަންބޮޑުވާ ކަމެއް" ހަސަން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު