އިންޑިއާއިން ޖައްވަށް އިންސާނުން ފޮނުވުމަށް ޓެސްޓުތައް ހަދައިފިއެވެ.

އިންޑިއާއިން ފެށުމަށް ހަމަޖެހިފައިވާ މިޝަން ''ގަގަންޔާން'' ގެ ޓެސްޓުތަކުގައި ވަނީ ކުރޫއިން އެއުޅަނދުން ނިކުންނާނެ އެންމެ ފަސޭހަ ގޮތް ހޯދުމަށް ޓެސްޓުތައް ކޮށްފައެވެ.

އިންޑިއާގެ ޖައްވީ އިދާރާ އިސްރޯ އިން ބުނެފައިވާ ގޮތުގައި ކެޕްސޫލެއްގެ އެހީގައި އިންސާނުން ޖައްވަށް ފޮނުވައި 400 ކިލޯމީޓަރަށް އޯބިޓް ކުރާނެއެވެ. ތިން ދުވަހުގެ މުއްދަތަކަށް ޖައްވުގައި ކުރިޔަށްދާ އެ މިޝަން ނިންމާލުމަށްފަހު އެ ކެޕްސޫލު އިންޑިއާ ކަނޑަށް ވައްޓާލުމަށް ހަމަޖެހިފައިވެއެވެ.

އިސްރޯ އިން ފަށާ އެމިޝަނުގައި ތިން މީހުން ބައިވެރިވާނެކަމަށް ބުނެފައިވެއެވެ.

އިސްރޯއިން ވަނީ މިޝަން ''ގަގަންޔާން' އަށްފަހު އިންސާނުން ޖައްވަށް ފޮނުވުމަށް ކުރަމުންގެންދާ މަސައްކަތަށް އިތުރު ކުރުމަށް ވެސް ނިންމާފައެވެ.

އެއް ބިލިއަން ޑޮލަރުގެ މިޝަން ''ގަގަންޔާން' ފެއްޓުމަށް ހަމަޖެހިފައިވާ ދުވަސް އަދި ހާމަކޮށްފައި ނުވެއެވެ.