ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެޕޮއިންޓްމަންޓް ޕޯޓަލްއިން އެޕޮއިންޓްމަންޓް ލިބެންހުރި ތާރީހާއި ގަޑި ބަލާލެވޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކުގެ އެޕޮއިންޓްމެންޓު ޕޯޓަލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ކުރިޔަށް އޮތް 10 ދުވަހަށް އެޕޮއިންޓްމަންޓް ލިބެންހުރި ތާރީހާއި ގަޑި ފަސޭހަކާއެކު ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ" ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން ޕާސަނަލް ކަސްޓަމަރުންނަށް ލޯނަށް ހުށަހެޅުމަށާއި ބޭންކުގެ މުވައްޒަފަކާ ބައްދަލުކޮށް ލޯނު އަދި ފައިނޭންސިންގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސެން ހުންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވުމާއި ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިން އާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް ވެސް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލް އަށް ވަދެވެން ހުންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.