އެހެން ގައުމަކުން ހަނދުގައި ނުކުރާ ކަމެއް ޗައިނާއިން ކުރަން ފަށައިފިއެވެ.
ޗައިނާއިން އަންނަ އަހަރު ހަނދުގެ ދުރުފަޅިން ސާމްޕަލް ގެނެސް ދިރާސާ ކުރުމަށް މިޝަންއެއް ވަނީ ފަށައިފައެވެ. އަދި އެ ގައުމުން ވަނީ ކުރިއަށް އޮތް 10 އަހަރު ތެރޭ ހަނދުގައި އެ ގައުމުގެ ހާއްސަ ރިސާޗް ސެންޓަރެއް ގާއިމުކޮށް އެ ސެންޓަރުގައި މީހުން ބޭތިއްބުމުގެ މަސައްކަތް ފަށައިފައެވެ.
ޗަންގް އީ8 ނަމަކަށް ކިޔާ އެ މިޝަން 2026 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ގިނަ ކަންކަމެއް ހާސިލުކުރުމަށް އެ ގައުމުން ވަނީ ރާވައިފައެވެ. އެގޮތުން 2040 ވަނަ އަހަރު ރިސާޗް ސެންޓަރު ގާއިމުކޮށް ޖައްވީ ވަރުގަދަ ބާރަކަށް ވުމަށް އެ ގައުމުން ވަނީ އަޒުމް ކަނޑައަޅައިފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ޖައްވީ އެކި ޕްރޮގްރާމް ހިނގައި އެހެން ގައުމުތަކާ ވާދަކުރަން ފަށާފައިވާއިރު އިންޑިއާއިން ވަނީ ފުރަތަމަ ފަހަރަށް ހަނދުގެ ދެކުނުތަނޑިއަށް އެ ގައުމުން ފޮނުވި އުޅަނދު ތިރިކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ