މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި 3,478 މީހުން ޝަހީދު ވެއްޖެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ވަނީ 5،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައެވެ. ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް ވަނީ 1،400 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.
އިއްޔެގެ ވަގުތެއްގައި އިޒްރޭލުން، ގާޒާގެ އަލް އާހިލް އަރަބް ހޮސްޕިޓަލަށް ދިން ހަމަލާގައި އެކަނި ވަނީ 471 މީހަކު ޝަހީދުވެފައެވެ. 314 މީހަކަށް އަނިޔާވެފައިވާ އިރު، 28 މީހެއްގެ ހާލު ސީރިއަސް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިޒްރޭލުން ގެންދަނީ ގާޒާގެ އާންމު ރައްޔިތުންނާއި ރެފިއުޖީ ކޭމްޕުތައް އަދި ހޮސްޕިޓަލްތަކަށް ބޮމުގެ ހަމަލާ ދެމުންނެވެ. އިޒްރޭލުން، ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ވަނީ ކެމިކަލް ހަތިޔާރު ވެސް ބޭނުން ކޮށްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި އިންޓަނެޓުގެ ހިދުމަތް ކަނޑާލައިފައެވެ.
އިޒްރޭލުން، ގާޒާގައި ހަނގުރާމަވެރި ކުށްތައް އަދި ލާ އިންސާނީ ޖަރީމާތައް ހިންގަމުންދާ އިރު، ޔޫރަޮޕުގެ ގައުމުތަކުންނާއި އެމެރިކާއިން އެކަން ކުށްވެރި ނުކުރާތީ އަރަބި ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓުމަކަށް ނައިސްފިނަމަ، ރެސިސްޓެންޓް ފޯސްތަކުން، އިޒްރޭލާ ހަނގުރާމަ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައެވެ.
ޔުނައިޓެޑް ނޭޝަންސްގައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ފާސްކުރަން އުޅުނު ރިޒޮލިއުޝަން އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ ގާޒާއަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދޭނެ ގޮތްތަށް ހަމަޖެއްސުމަށް ވެސް ގޮވާލައިފައެވެ.
އެކަމާ ގުޅިގެން އިޒްރޭލުން ބުނީ އިޒްރޭލު މެދުވެރިކޮށް ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ޖަގާޒާއަށް އެހީވުމުގެ ގޮތުން ފޮނުވާ ގިނަ ތަކެތި ދަނީ އިޒްރޭލު މެދުވެރިކޮށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ