ކޮންގޯގައި ބޯޓެއް ބަންޑުން ޖަހާލައި 52 މީހުން މަރުވެއްޖެއެވެ.
300 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓު ބަންޑުން ޖަހާލާފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ހުޅަނގު އުތުރުން އޮންނަ ބަންޑަކާ ނަމަކަށް ކިޔާ ޓައުންގެ ކޯރަކަށެވެ.
ކޮންގޯގެ ޕްރޮވިންސަލް މިނިސްޓަރު ވަނީ ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 167 މީހުން ގެއްލިފައިވާއިރު މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮންގޯގައި ގަވާއިދާ ހިލާފަށް އަރުވަން ޖެހޭ ވަރަށްވުރެން ގިނައިން މީހުން އަރުވައިގެން ދަތުރުކުރުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބޯޓު ބަންޑުން ޖެހުމުގެ ހާދިސާތައް ހިނގާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ