ނަވާރަ މީހުން މަރާލި އިންޑިއާ ދެ މީހުން ކޯޓުން ދޫކޮށްލައިފިއެވެ.

އިންޑިއާގެ ކޯޓަކުން ކުށެއް ނެތް ކަމަށް ނިންމައި ދޫކޮށްލާފައި ވަނީ 2005 ވަނަ އަހަރުގެ ތެރޭގައި 19 މީހުން މަރާލިކަމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ސުރިންދާ ކޯލީ އާއި އޭނާގެ މުވައްޒަފު މޮނިންދާ ސިންގެވެ. އެ މީހުން ހައްޔަރުކޮށް ތަހުގީގު ހިންގަން ފެށީ 2006 ވަނަ އަހަރު އެ ދެ މީހުން ދިރިއުޅުނު ގެއިން އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުގެ ބައިތަކެއް ފެނުމާ ގުޅިގެންނެވެ.

އެގޮތުން ސުރިންދާ ކޯލީގެ ގެއިން އިންސާނުންގެ ހަށިގަނޑުގެ ބައިތައް ބުރިބުރިކޮށް ފޮރުވާފައި ހުއްޓާ ފެނުނުއިރު، އެ ތަހުގީގަށް އިތުރު ކުރިއެރުންތަކެއް ލިބުނީ އެ ގެ ހުންނަ ހިސާބުގެ ނަރުދަމާ ތެރެއިން ކުޑަކުދިންގެ ހެނދުމުގެ ބައިތަކެއް ފެނުމުންނެވެ.

ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުނު ހެކިތަކަށް ބަލައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މެރުމަށް ހުކުމްކޮށް ޖަލަށްލީ 2009 ވަނަ އަހަރެވެ. ނަމަވެސް އަލާހްއާބާދު ކޯޓުން އިއްޔެ ވަނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވާ 12 ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމައި ދޫކޮށްލައިފައެވެ.