ގިނަ އަދަދެއްގެ ޖޫނިއާ އެތުލީޓުން ވާދަކުރާ، އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި އިއްޔެ ފަށައިފިއެވެ.
އެތުލެޓިކްސް އިވެންޓްތައް އިއްޔެ ހަވީރު ފެށި ނަމަވެސް، މޫސުމުން ގޯސްވުމުގެ ސަބަބުން ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ރޭގައެވެ. ކުލަގަދަ ހަރަކާތްތަކެއް ރޭގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިގެން ގޮސްފައިވާ އިރު، އިއްޔެ ވަނީ މުބާރާތުގެ އިވެންޓުތައް ފެށުމުގެ ކުރިން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އިބްރާހީމާއި އަޝްރާއެވެ.
މުބާރާތް ފެށުމަށްޓަކައި ބޭއްވި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވާ ޖޫނިއާ އެތުލެޓިކްސް އިވެންޓްތަކުގައި ޖުމުލަ 35 ސްކޫލަކުން ވާދަ ކުރެއެވެ. އެ ސްކޫލްތަކުން ޖުމުލަ 1124 އެތުލީޓުން ވާދަ ކުރާ އިރު، އެއީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.
މިފަހަރު ޖޫނިއާ އެތުލެޓިކްސް މުބާރާތް ކުރިއަށް ދާނީ މިމަހުގެ 15 އިން 20ގެ ނިޔަލަށެވެ. މުބާރާތް ނިންމުމަށްވެސް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް