ސައުދީ އަރަބިއާގައި ހުންނަ މެކްޑޮނަލްޑްސް އިން ގާޒާއަށް ބައިމިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.
ސައުދީގައި ހުންނަ މެކްޑޮނަލްޑްސް އިން ދޭން ނިންމި އެހީގެ ޖުމުލަ އަދަދަކީ 533،000 ޑޮލަރެވެ.
ސައުދީގައި ހުންނަ މެކްޑޮނަލްޑްސް އިން ގާޒާ އަށް އެހީވެފައި މިވަނީ އިސްރާއީލުގައި ހުންނަ މެކްޑޮނަލްޑްސްގެ ފަރާތުން އިސްރާއީލަށް އެހީވުމަށް ނިންމި ދަނޑިވަޅުގައެވެ.
ސައުދީ މެކްޑޮނަލްޑްސް އިން ވަނީ އެ ނިންމުމަކީ އެއްވެސް ބައެއްގެ ނުފޫޒުން ނިންމި ނިންމުމެއް ނޫންކަމަށް ބުނެފައެވެ. މީގެ އިތުރުން ސައުދީ މެކްޑޮނަލްޑްސް އަބަދުވެސް ތިބޭނީ ފަލަސްތީނާއި އެކު ކަމަށް ބުނެފައިވެއެވެ.
ގައުމުތަކުގައި ހުންނަ މެކްޑޮނަލްޑްސް ތަކުން ނިންމާ މިފަދަ ނިންމުން ތަކަކީ މިނިވަން ނިންމުންތަކެއް ކަމަށް މެކްޑޮނަލްޑްސް އިންޓަނޭޝަނަލް އިން ފާހަގަކޮށްފައިވެއެވެ.
މެކްޑޮނަލްޑަސް އަކީ އެމެރިކާގެ ފާސް ފުޓް ޗެއިން އެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ