40 އަހަރަށްފަހު އިންޑިއާ އާއި ލަންކާއާ ދެމެދު ފެރީގެ ހިދުމަތް ފަށައިފިއެވެ.
އިންޑިއާގެ ޓަމިލްނާޑޫން ލަންކާގެ އުތުރުން އޮންނަ ކަންކެސަންތުރާއީ އަށް ފަށާފައިވާ ހައި ސްޕީޑު ފެރީ ނިޒާމް ފެށުމަށް އިންޑިއާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހެ ވަނީ ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގެންފައެވެ.
ޗެރިޔާޕާނީ ނަމުން ނަން ދީފައިވާ އެ ފެރީގެ ފުރަތަމަ ދަތުރުގައި އިންޑިއާއިން ލަންކާއަށް 50 ފަސިންޖަރުންނާއި 12 ކުރޫ ވަނީ ދަތުރުކޮށްފައެވެ.
150 މީހުން އެއްފަހަރާ ދަތުރުކުރެވޭ ހައި ސްޕީޑު ފެރީގެ ދަތުރުގެ ދިގުމިނަކީ ހަތަރު ގަޑިއިރުކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާ އާއި އިންޑިއާއާ ދެގައުމު ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން ވިޔަފާރީގައި ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ގިނަ ކަންކަމުގެ ތެރެއިން ފެރީ ނިޒާމުން އަލުން ގުޅާލުން ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ