ނެޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ ފަރާތުން ބާއްވާ "އޮއެވަރު" މެންޓަލް ހެލްތް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
އައިޖީއެމްއެޗުން ބުނީ އެ ކޮންފަރެންސަކީ ރާއްޖޭގައި ބޭއްވޭ އެފަދަ ފުރަތަމަ ކޮންފަރެންސް ކަމަށެވެ. އަދި މި އަހަރު އެ ކޮންފަރެންސްގެ ޝިޔާރަކީ "ޗޭންޖިން ކަރަންޓްސް - ފޯމިން ކަނެކްޝަންސް" ކަމަށް ބުންޏެވެ.
މިއަދު ފެށުނު އެ ކޮންފަރެންސް މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މިއަދު ފެށިފައި ވަނީ އެ ކޮންފަރެންސްގެ ފުރަތަމަ ބައި ކަމަށްވާ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތަކެވެ.
އައިޖީއެމްއެޗުން ބުނީ މާދަމާ އާއި އޭގެ އަނެއް ދުވަހު އެ ކޮންފަރެންސް ކުރިއަށް ދާނީ ވިލާ ނޯޓިކަލް ޕެރަޑައިސް ރިސޯޓުގައި ކަމަށެވެ. އަދި އެ ދެ ދުވަހުގެ ސެޝަންތަކުގެ ތެރޭގައި ކީނޯޓް ސްޕީޗްތަކާއި ރިސާޗް ހުށަހެޅުންތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންސްތައްވެސް ކުރިއަށްދާނެ ކަމަށް ބުންޏެވެ.
ސަތޭކަ އަށްވުރެ ގިނަ ފަރާތްތަކުން އޮއެވަރު ކޮންފަރެންސްގައި ބައިވެރި ވުމަށް ރަޖިސްޓާވެފައިވާ އިރު، އޭގެ ތެރޭގައި ނަފުސާނީ ސިއްހަތުގެ ހިދުމަތްތެރިންނާއި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މީހުންވެސް ހިމެނޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ޑަބްލިއުއެޗްއޯ މޯލްޑިވްސް އާއި ޔުނިސެޕް މޯޑިވްސްއިންވެސް އެ އިވެންޓުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެއެވެ. އަދި ދިރާގު، އެމްޓީސީސީ އަދި އެސްޓީއޯވެސް އެ އިވެންޓު ސްޕޮންސާ ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު