ދުނިޔޭގެ ރެކޯޑް ހެދި އެންމެ އުމުރުން ދުވަސްވީ ސްކައި ޑައިވަރު މަރުވެއްޖެއެވެ.
އުމުރުން 104 އަހަރުގައި ދުނިޔޭގެ ރެކޯޑް ހެދުމަށް ސްކައިޑައިވް ކުރި ޑޮރްތީ ހޮފްވާ ވަނީ 13500 ފޫޓު މަތިން ފުންމާލައި ދުނިޔޭގެ ރެކޯޑު ގާއިމް ކޮށްފައެވެ.
ރެކޯޑް ގާއިމް ކުރުމަށްފަހު ހަފުތާއެއްހާ ދުވަސް ފަހުން އޭނާ ވަނީ މަރުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގިނިސް ރެކޯޑްސް އިން ވަނީ ޑޮރްތީ މަރުވުމުގެ ހިތާމައިގައި ހާއްސަ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އެހާ އުމުރުން ދުވަސްވެފައި ހުއްޓައި ސްކައިޑައިވް ކުރުމުން އުމުރަކީ ހަމައެކަނި ނަންބަރެއް ކަމުގައި މީހުން ދެކޭ ދެކުން ތެދުވެއްޖެ ކަން ހާމަވާ ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.
މޯގެ ކުރިން އެ ރެކޯޑް އޮންނަނީ ސްވިޑަންގެ ރައްޔިތެއްގެ އަތުގައެވެ. އޭނާ ވަނީ އުމުރުން 103 ގައި ސްކައިޑައިވް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ