ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރާ ސަރަހައްދުތަކުގެ ލޭންޑް ޔޫޒް ޕްލޭން އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ވަނީ އިއްޔެ ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެ ފޭސް ތިނެއްގެ ލޭންޑް ޔޫޒް ޕްލޭން އާންމުކޮށްފައެވެ.
ހުޅުމާލެ ފޭސް ތިނެއް އަދި ގިރާވަރުގެ ލޭންޑް ޔޫޒް ޕްލޭންގައި ވަނީ ރެޒިޑެންޝަލް ބޭނުންތަކަށް ދޫކުރާ ބިންތަކާއި ކޮމާޝަލް ސަރަހައްދުތަކާއި ކުޅިވަރާއި ރެކްރިއޭޝަން އަދި ޔޫޓިލިޓީއަށް ބޭނުންކުރާނެ ސަރަހައްދު ކަނޑައަޅައިފައެވެ. ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން އެ ތަނުގައި ހުންނަނީ ހަމައެކަނި ރެޒިޑެންޝަލް ސަރަހައްދުތަކެވެ.
ބިންވެރިޔާ ސްކީމަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ޖުމުލަ 3,750,000 އަކަފޫޓު ބޮޑު ސަރަހައްދަކުން ގޯތި ދޫކުރަން ނިންމާފައިވާ އިރު، ހުޅުމާލޭން ގޯތި ދިނުމަށް ނިންމާފައިވާ ބިމުގެ ސަައިޒަކީ 1،250،000 އަކަފޫޓެވެ. އެ ތަނުން 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކުރާނެއެވެ.
އެ ސްކީމުގެ ދަށުން މިހާރު ވަނީ ހުޅުމާލެ ފޭސް ތިނެއް، ގިރާވަރު އަދި ގުޅިފަޅުން ގޯތި ދޫކޮށް ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު