އައިއެސްއެސްގެ ރޭޑިއޭޓާ ސާކިޓުން ލީކު ވާން ފަށައިފިއެވެ.
ބައިނަލްއަގުވާމީ ޖައްވީ އިދާރާގައި މެކޭނިކަލް މައްސަލައެއްޖެހި އެ އިދާރާގައި ހުންނަ ރަޝިޔާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ރޭޑިއޭޓާ ސާކިޓުން ލީކުވާކަން ރަޝިޔާގެ މައި ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ވެސް ވަނީ ބުނެފައެވެ.
އައިއެސްއެސް ގައި ހުންނަ ރޭޑިއޭޓާ ސާކިޓް ތަކަކީ އެ އުޅަނދުގެ އެތެރޭގައި އުފެދޭ ހޫނު ބޭރުކުރުމަށް ބޭނުންކުރާ ޑިވައިސްއެކެވެ. އެ ޑިވައިސް އިން ފިނިފެން ބޭނުންކޮށްގެން އުޅަނދުގެ އެތެރޭގައި އުފެދޭ ހޫނު ދަށްކޮށް އެ ހޫނު ޖައްވުގެ ތެރެއަށް ފޮނުވުމަށް އެހީތެރިވެދެއެވެ.
ރަޝިޔާއިން ވަނީ ލީކުވާން ފަށާފައިވަނީ އުޅަނދުގެ ބޭރު ފަށަލައިން ކަމަށް ބުނެފައެވެ. މިކަމުގެ ސަބަބުން އުޅަނދުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކަށް ނުރައްކަލެއް ނެތްކަމަށް ރޮސްކޮސްމޮސް އިން ބުނެއެވެ.
ނާސާއިން ވެސް ވަނީ އައިއެސްއެސް ގައި ލީކެއް އުޅޭކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އަދި އެ އުޅަނދުގެ އެމެރިކާ އެސްޓްރަނައުޓުން ހިމެނޭ ސަރަހައްދުގެ ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ނާސާއިން ލަފާދީފައިވެއެވެ.
ރޮސްކޮސްމޮސް އިން ވަނީ ލީކު ވާން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ޖައްވުގައި ދައުރުވާ އެއްޗަކުން ޖެހިގެން ކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ. އެ އިދާރާއިން ވަނީ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ކަންކަން ދިރާސާކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ