އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ށ. ފޭދޫ/ ފުރެސްހާޓް، ޙުސައިން އިޔާޒް އަހުމަދު، މުދާ ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައިވާ މައްސަލައެއް އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންވެ ފުލުހުން ވަނީ، އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ އެ މައުލޫމާތެއް އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު