އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާ އާއި އެހީތެރިކަން ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށެވެ.
"މި އަސާސީ ހައްގު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާ އާއި އެހީތެރިކަން ފަހިކޮށްދީގެންނެވެ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސަތުތައް ބައްޓަން ކުރައްވާނީ އެކަންކަމަށް މުހިންމުކަން ދެއްވައިގެން ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރަނީ "ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގެއް" މި ތީމްގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު