ސޯޝަލް ސްޓަޑީސް ޓީޗަރަކު ދުނިޔޭގެ ރިކޯޑު ފޮތަށް އަރައިފިއެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ޕައުލް ދޫރިއޭޒް ނަމަކަށް ކިޔާ އުމުރުން 76 ވަނަ އަހަރުގެ އެމީހާ ވަނީ 53 އަހަރު ވަންދެން ސޯޝަލް ސްޓަޑީސް މާއްދާ ކިޔަވައިދިނުމުން އެކަން ފާހަގަކޮށްފައެވެ.
ނަވާރަސަތޭކަ ހަތްދިހަ ވަނަ އަހަރުން ފެށިގެން އެމެރިކާގެ ވުޑްލޭންޑް މިޑިލް ސްކޫލުގައި ކިޔަވައި ދެމުން ދިޔަ ޕައުލް ވަނީ އޭނާ ކިޔަވައި ދިން ސޯޝަލް ސްޓަޑީސް މާއްދާގެ ކަރިކިއުލަމް ކޯޑިނޭޓާއެއްގެ ގޮތުގައި ވެސް 20 އަހަރު ދުވަހު ހިދުމަތް ކޮށްފައެވެ.
ޕައުލް ވަނީ އޭނާ ހިސްޓޮރީ ކިޔަވަދޭން ހިތް ޖެހިގެން ދިޔައީ އޭނާގެ ބައްޕަގެ ސަބަބުން ކަމަށް ބުނެފައެވެ. ޕައުލް ބައްޕަ އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ހިދުމަތް ކުރި މީހެކެވެ.
ޕައުލް ވަނީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާ ކިޔަވައިދިން ކުދިން އޭނާ ފަދައިން އެދާއިރާގައި ސޯޝަލް ސްޓަޑީސް ޓީޗަރެއްގެ ގޮތުގައި ފެނުން ކަމަށް ބުނެފައެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ޕައުލްގެ މަސައްކަތް ފާހަގަކޮށް 53 އަހަރު ކިޔަވައިދިން ކަމުގެ ރެކޯޑް އޭނާއަށް އަރުވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ