ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެ، ފުލުހުން ތަހުގީގު ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ، ގއ. އަތޮޅާއި ގދ. އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖަކީ ގދ. އަތޮޅުގެ ރަށެއްގެ 15 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ މަންމަ ބުނެފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކަކަށްވުރެ ގިނަ މީހުން ވެގެންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.